1443 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމާ ގުޅޭ

06 ފެބްރުއަރީ 2022

މި އަހަރުގެ ފިޠުރު ޒަކާތް ކައުންސިލްތަކުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފައިސާއިން 

ފިތުރުޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތައް ކައުންސިލުތަކުން ބަލައި ނުގަންނާނެ

- އިސްލާމިކް މިނިސްޓްރީ -

އުލިގަން ކައުންސިލުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އުލިގަން ކައުންސިލުން 

އުލިގަން ކައުންސިލުން މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ.
ރަމަޟާންމަހުގެ 2 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް އުލިގަން ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން 13:00އާއި ހަމައަށެވެ. 
އެހެން އަހަރުތަކެކޭ އެއްފަދައިން އޮންލައިންކޮށް ޒަކާތް ދެއްކޭ ގޮތް މިފަހަރުވެސް ހަމަޖައްސާފައިވާ ކަމަށް އުލިގަން ކައުންސިލުން ހާމަކުރެއެވެ އެގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ ބީއެމްއެލް އެކައުންޓް ޓްރާންސްފަރ ނުވަތަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
މީގެ ކުރީގެ އަހަރުތަކުގައި ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގައި ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ވަކި މިންވަރެއް ދައްކަން ޖެހެއެވެ. ނަމަވެސް މިއަހަރު ގެނައި ބަދަލުތަކާއެކު ފިތުރު ޒަކާތް ދައްކަން ކަނޑައަޅާ މިންވަރަކީ، އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބަލައިގަންނަ މިންވަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:

  • އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑުލުންނަމަ 77 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫނަމަ 76 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫނަމަ 90 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫނަމަ 132 ރުފިޔާ
  • ރަތް ހަނޑުލުންނަމަ 72 ރުފިޔާ
  • އާދައިގެ ފުށުންނަމަ 12 ރުފިޔާ
  • އާޓާ ފުށުންނަމަ 75 ރުފިޔާ
ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.
ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނު އިރު، 9،041 މީހަކު ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީކޮށްފައިވެއެވެ.  މިއީ މިދިޔަ އަހަރާ އަޅައިބަލާ އިރު، 1،263 މީހުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 7778 މީހުންނެވެ.
ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 7،245 މީހުންނަކީ އަތޮޅުތެރެއިން ރެޖިސްޓްރީކުރި މީހުންނެވެ. މިދިޔަ އަހަރު އަތޮޅުތެރެއިން ރަޖިސްޓްރީކުރީ 6،258 މީހެކެވެ. މިއީ 987 މީހުންގެ އިތުރުވުމެކެވެ. އަދި މިއަހަރު މާލެ ސަރަހައްދުން 1،796 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި އިރު، މިދިޔަ އަހަރު މާލެ ސަރަހައްދުން ރަޖިސްޓްރީ ކޮށްފައި ތިބީ 1،520 މީހެކެވެ. އެހެންކަމުން މިއީ 276 މީހުންގެ އިތުރުވުމެކެވެ.
މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިތުރު ޒަކާތް ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ފިތުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިހެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.

ފިޠުރު ޒަކާތް ބަލައިގަތުން

އުލިގަން ކައުންސިލުގައި ކޮންމެ އަހަރަކުވެސް ކުރިޔަށްދޭ